26 Oct 2013, 16:30
ވެނެޒުއޭލާގައި "މިނިސްޓްރީ އޮފް ހެޕިނަސް"ގެ ނަމުގައި އާ މިނިސްޓަރީއެއް އެގައުމުގެ ރައީސް ނިކޮލަސް މަޑޫރާ އުފައްދަވައިފި އެވެ.
ރައީސް ނިކޮލަސް އާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ އެ މިނިސްޓްރީ އަކީ އެ ގައުމުން ފަގީރުކަން ނައްތާލުމަށް އަވަހާރަވެފައިވާ އެ ގައުމުގެ ކުރީގެ ރައީސް ހޫގޯ ޗަވޭޒްގެ ލަނޑުދަޅިތައް ހާސިލުކުރުމަށް އުފެއްދި މިނިސްޓްރީއެއް ކަމަށެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ވެނެޒުއާލާގެ އިންފްލޭޝަން ރޭޓު 50 ޕަސެންޓްގައި އުޅޭ އިރު އެ ގައުމުގެ ބޭހާއި އާއްމު މުދަލަށް ވަނީ ޖެހިފަ އެވެ. އަދި އެ ގައުމުގެ ޑޮލަރުގެ އަގު އުޅެނީ ކަޅު ބާޒާރުގައި އުޅޭ ވަރަށް ވުރެއް ވެސް ހަތް ގުނަ މަތީގަ އެވެ.
ރައީސް ނިކޮލަސްގެ އެ ނިންމެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މަލާމާތް ރައްދުކޮށްފަ އެވެ. އެގޮތުން ބައެއް މީހުން ބުނެފައި ވަނީ އުފަލާއި އަރާމުގެ މިނިސްޓްރީއެއް އުފެއްދި ފަދައިން ރަލުގެ މިނިސްޓްރީއެއް ވެސް އުފެއްދުން ރަނގަޅުވާނެ ކަމަށެވެ.