ބުރުޒުމަގު ޕީޓްރަލް ކައިރީ ހުރި ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ އަލިފާން ރޯވީ އިސްކަންދަރުމަގު، މައްޗަންގޮޅީ ސަރަހާ ކުރިމަތިން ވަދެވެން އޮންނަ ހަނި ގޯޅިގަނޑެއްގެ ތެރޭ ހުރި މއ. ރޯޒްގޭގައި ކަމަށެވެ. ތިން ބުރިއަށް ނަގާފައިވާ ރޯޒްގޭގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެގޭގެ ތިންވަނަ ބުރިއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންވެފަ އެވެ. ޓިނުން ހިޔާކޯށްފައި ހުރި އެ ފުރާޅެއް ވެސް މިހާރު ނެތެވެ. ޓިނުތައް ވަނީ އަލިފާނުން ދޮންވެގެން ނެއްޓިފަ އެވެ.

http://www.sun.mv/albums/l_20856.jpg

އެމްއެންޑީއެފުން ވަނީ ބުރުޒުމަގާއި އިސްކަންދަރު މަގުގައި އަލިފާން ނިއްވާ ދެ ލޮރީ ބާއްވައިގެން ފެންޖަހާފަ އެވެ. އަދި އެ ގޭގައި ރޯވުމާއެކު އެ ސަރަހައްދުގެ ގެތަކުން މީހުން ވެސް ހުސްކުރި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

http://www.sun.mv/albums/l_20857.jpg