ލަންޑަން (އޮކްޓޯބަރ 26): އިނގިރޭސިވިލާތުގައި އިސްލާމީ ދީނީ އިލްމުވެރިއަކު ގަސްދުގައި މަރާލުމާއި މިސްކިތްތަކެއް ގޮއްވާލުމުގެ ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން މަސައްކަތްކުރުމުގެ ކުށް ސާބިތުވެގެން ޔުކްރޭންގެ ޒުވާނަކު 40 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ބަފްލޯ ލެބްޝީން ނަކަމަށް ކިޔާ 25 މި ޒުވާނާގެ މައްޗަށް ސާބިތުވެފައި ވަނީ ގަސްދުގައި މީހަކު މެރުމާއި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގުމަށް މަސައްކަތް ކުރިކަމުގެ ކުށެވެ. ޝަރީޢަތުގައި އޭނާވަނީ އިނގިރޭސިވިލާތުގެ އިސްލާމީ ދީނީ އިލްމުވެރިއެއް ކަމަށްވާ އުމުރުން 85 އަހަރުގެ މުހައްމަދު ސަލީމްގެ ހަށިގަނޑަށް ވަޅިޖަހައި މަރާލިކަމަށް އެއްބަސްވެފަ އެވެ. އަދި އިނގިރޭސިވިލާތުގެ ވިލްސޯލް، ޓިޕްޓޮން އަދި އޮލްފަރހެންޕްޓަން ގައިވާ ތިން މިސްކިތެއް ގޮއްވާލުމަށް ޓަކައި އެތަންތަނުގައި ގޮވާތަކެތި ހަރުކޮށްފަ އެވެ. މިދިޔަ ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި މިކަން ކުރިކަމަށް ބަފްލޯ ވަނީ ޝަރީޢަތުގައި އެއްބަސްވެފަ އެވެ. މީގެ ތެރެއިން ގޮވާފައި ވަނީ ޓިޕްޓަންގެ މިސްކިތުގައި ހަރުކުރި ގޮވާތަކެތި އެކަންޏެވެ. މިހާދިސާގައި މީހަކު މަރުވެފައެއް ނުވެ އެވެ.

އިންގްލެންޑާއި ވޭލްޒްގެ މަރުކަޒީ ޖިނާއީ ކޯޓު (އޯލްޑް ބެއިލީ) ވަނީ ބަފްލޯގެ މައްޗަށް އިއްވާފައި ވަނީ އުމުރަށް ޖަލަށްލުމުގެ ހުކުމެއްކަން އެކޯޓުން ވަނީ އޭނާ އަށް އަންގާފަ އެވެ. ބަފްލޯ، މުހައްމަދު ސަލީމް ގެ ގަޔަށް ވަޅިޖަހާފައި ވަނީ ގްރީންލިން ގެ މިސްކިތެއްގައި ނަމާދުކުރުމަށް ފަހު އެނބުރި އައިސް އޭނާގެ ގެއަށް ވަނުމުގެ މަގުމަތީގައި ވަނިކޮށެވެ. ސަލީމަކީ 22 ކާފަދަރިންގެ ކާފައެކެވެ. މިޙަމަލާގައި ސަލީމްގެ ފުރާނަ ގޮސްފައި ވަނީ އޭނާގެ ދަރިންނާއި ކާފަދަރިންގެ ކުރިމަތީގަ އެވެ.

ނުރައްކާތެރި ޓެރަރިސްޓެއް ކަމަށް ސިފަކުރެވޭ ބަފްލޯއަކީ އިނގިރޭސިވިލާތުގައި މަސައްކަތް ކުރުމުގެ ވަގުތީ ހުއްދައެއް ލިބިގެން އެގައުމަށް އައިސް ވަޒީފާ އަދާކުރަމުން ކިޔަވަމުން ގެންދިޔަ ޒުވާނެކެވެ. ބަފްލޯގެ ހިތުގައި މުސްލިމުންނާއި އިސްލާމް ދީނާމެދު ހަސަދަވެރިކަމާއި ނަސްލީ އިމްތިޔާޒާއި ނަފްރަތުގެ ހުޅުގަނޑު ރޯވެފައިވަނީމީޑިޔާގައި މުސްލިމުންނަކީ ނުބައި ބައެއްކަމާއި އިސްލާމް ދީނަކީ ނުރައްކާތެރި ދީނެއްގެ ގޮތުގައި ސިފަކުރަމުން ގެންދިޔުމުގެ ސަބަބުން އެކަމުގެ އަސަރުގައި ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެންމެފަހުން ނަފްރަތުގެ ހުޅުގަނޑު ގެ ސަބަބުން އޭނާގެ ހަޔާތުގެ ބޮޑުބައެއް މިވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރަންޖެހިފައެވެ. (ބީ.ބީ.ސީ)