Last Updated: 1 decade 2 year ago
އާޒިމް މަޖިލީހުގެ ތެރެއަށް ވަދެވަޑައިގަތުމަށް ސިފައިން ހުރަސް އެޅުމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން އެތަނުގައި ތިބެ އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށާފަ އެވެ.
މަޖިލީސް ހުންނަ ސަރަހައްދު ބަންދުކުރުމަށް ފަހު ފުލުހުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މިއަދު ބާއްވާ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ އަންނަ ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވާތީ، އެ ތާރީހާ ހަމަޔަށްދާއިރު، އިންތިހާބު ކުރާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމުން ގާނޫނީ މައްސަލަތަކެއް ދިމާވެދާނެ ރައީސުލްޖުމްޙުރިއްޔާ މަޖިލީހުގެ ރައީސަށް ހުށަހެޅުއްވި ސިޓީފުޅަކާ ގުޅިގެން ބާއްވާ ޖަލްސާއެކެވެ.
ސާބިތު ދަރަނި ނުދައްކައި އޮތް މައްސަލައަކާ ގުޅިގެން އަލީ އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
https://www.youtube.com/watch?v=VVRy1XiKlQM
އެސިޓީގައި އަޅުގަނޑު ދެންނެވި ކަމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަވާ ބޭފުޅުން ވިދާޅުވެފައިވާ ވާހަކަ ތަކުގައި ހަޤީޤަތާ އެއްގޮތް ނޫން ވާހަކަތަކެއް ވަނީ ހިމެނިފައެވެ.
Rayithunge Majileehuge security balahattaa Faraaithakah hamalaa dhinumaai gulhigen Ali Azim Maldives Police Service aai havaalu koffi.
— MNDF (@MNDF_Official)October 26, 2013
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ގޮނޑިއާއި އަލިފުށީ ދާއިރާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ އަލްފާޟިލް ޢަލީ ޢާޒިމާއި އަލްފާޟިލް މުޙަންމަދު ނާޝިޒް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވެއްދުމުގައި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ޢަމަލުކުރަންވީގޮތެއް އަންގަވައިދެއްވުމަށް އެދި، 25 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވަނީ ސިޓީއެއް އަރިސްކޮށްފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން އެފަދަ ލިއުމެއް ނުލިބެއެވެ. އެދެބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް ލިއުމަކުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް އެންގެވުމުން ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުން ވެންނެވުމަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހުރަހެއް ނާޅާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގަންނެވި އެހެން އެއްވެސް ބޭފުޅަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހުރަސް އަޅާފައެއް ނުވެއެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ހެނދުނު 9:30 އެހާކަންހާއިރު މަޖިލީހުގެ ތެރެއަށް ޔާމީން ވަދެވަދައިގަންނަވަނިކޮށް މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެމަނިކުފާނުގެ ބުރަކައްޓަށް ހަމަލާދީފައިވާ ކަމަށެވެ.