ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފި އެވެ.

އަލީ ވަހީދުގެ ޓުވިޓާގައި ވިދާޅުވެފައި ވަނީ މާދަމާ ރޭ ނުވައެއް ޖަހާއިރަށް ހާޒިރުކުރަން ފުލުހުންގެ ފަރާތުން ޗިޓެއް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް އަލީ ވަހީދު ހާޒިރުކުރަން އަންގާފައި ވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.