ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ގެނެސްދިން ރިޕޯޓެއް ތަހުގީގުކުރުމަށް އެ ކޯޓުން ފުލުހުންނަށާއި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އަށް އަންގައިފި އެވެ.

ސަންއާ ވާހަކަދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އެންގުމެއްގެ ދަށުން އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން ބްރޯޑްކާސްޓިންގް ކޮމިޝަނަށް އަންގާފައި ވަނީ ރާއްޖެ ޓީވީގެ ރިޕޯޓްގެ މައްސަލަ ބެލުމަށްފަހު 10 ދުވަހުގެ ތެރޭގައި ހޯދުންތައް ސުޕްރީމް ކޯޓާ ހިއްސާކުރުމަށެވެ.

ސުޕްރީމް ކޯޓުން ތަހުގީގުކުރުމަށް އަންގާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީއިން ގެނެސްދިން ރިޕޯޓެކެވެ.