ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ، އެ ކޯޓުގެ އިޖުރާއަތުގެ ބޭރުން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

އާޒިމާއި ނާޝިޒުގެ ގޮނޑި ނުގެއްލޭ ކަމަށް އިމްތިޔާޒު ކޮމެޓީން ނިންމި ނިންމުމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއިން މިރޭ މެންދަމު ނެރުނުނޫސްބަޔާނެއްގައިބުނެފައި ވަނީ އެ ދެ މެންބަރުންގެ ޣައިރު ހާޒިރުގައި މިއަދު ސުޕްރީމް ކޯޓުން "އަވަސް އަރުވާލައިގެން" ހުކުމް ކުރީ އަންނަ ހޯމަ ދުވަހު އެޓާނީ ޖެނަރަލް އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށްފައި ވާތީ ކަމަށެވެ. އަދި އެ ހުކުމަކީ އެ ވޯޓަށް ހުރަސް އެޅުމުގެ ގޮތުން ވަރަށް ބޮޑަށް ސިޔާސީ ވިސްނުމެއްގައި ހިންގާފައިވާ އަމަލެއް ކަމަށްބަޔާނުގައިބަޔާނުގައިވެ އެވެ.

އާޒިމާއި ނާޝިޒުގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް މަޖިލީހުން ފާޑު ކިޔާފައިވާއިރު، އެ ހުކުމަށް ތަބާވާނެ ކަމެއް ނުވަތަ ނޫން ކަމެއް މަޖިލީހުގެބަޔާނުގައިބުނެފައި ނުވެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ، އެ ކޯޓުގެ އިޖުރާއަތުގެ ބޭރުން ކަމަށް މަޖިލީހުން ބުނެފައި ވަނީ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ރައުޔަކާ ނުލައި ހުކުމް ކުރައްވާފައި ވާތީ އެވެ.

"އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކަށް، އެ މައްސަލައިގެ ބަޔާންތައް ލިބިވަޑައިގަތީ އިއްޔެގެ ވަގުތެއްގައިކަމުން، މައްސަލަ ދިރާސާކުރެއްވުމަށްފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު ރަޢުޔު ތައްޔާރުކުރެއްވުމުގެ ފުރުޞަތަށް އެދިވަޑައިގަތުމުން، އެ ފުރުޞަތު ނުދެއްވައި، އެ މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ އެ ފަނޑިޔާރުގެ ރަޢުޔު ނެތިކަމުން، އެއީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އިޖުރާއާތުގެ ބޭރުން ކުރައްވާފައިވާ ޙުކުމެއްކަމަށް ފެނެއެވެ،" މަޖިލީހުގެނޫސްބަޔާނުގައިއެވެ.

އާޒިމާއި ނާޝިޒުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީގަލް އެންޑް ޕޮލިސީ ކޮމެޓީގެ މެންބަރު ނ. ވެލިދޫ އެލްޕާސޯ، މުހަންމަދު ހަލީމް އަލީ އެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައި އެންމެ ފަހުން ޝަރީއަތެއް ބާއްވާފައި ވަނީ މިއަހަރުގެ ފެބްރުއަރީ ހަތަރެއްގަ އެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގައި ފަނޑިޔާރު މުއުތަސިމް ވިދާޅުވެފައި ވަނީ ރައުރު ތައްޔާރު ކުރަން ވަގުތަކަށް އެދިވަޑައިގެންނެވުމުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެކަމާ ދެކޮޅު ހެއްދަވައި އޭނާ ބެންޗުން ވަކިކޮށް އެ މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިލުމަށް ހުށަހެޅުއްވި ކަމަށެވެ.