25 Oct 2013, 00:23
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް ރާވަމުންދާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނެސްފި އެވެ.
ޑިފެންސް މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނެސްފައި ވަނީ ރައީސް ނަޝީދުގެ އޮފީހުން އެ މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގަ އެވެ. އެ އޮފީހުން ބުނީ ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުންދާ ކަމަށާއި އެކަން ކުރުމަށް އަލްޤައިދާ ޖަމާޢަތުގެ ދެ މީހަކު މިހާރު މާލެގައި ތިބި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.
ނަޝީދުގެ ފުރާނަފުޅަށް ގެއްލުންދޭން އުޅޭ ކަމުގެ އެއްވެސް މަޢުލޫމާތެއް ޑިފެންސުގެ އިންޓެލިޖެންސަށް ލިބިފައިވޭތޯ ބަލައި ދިނުމަށާއި އެފަދަ މައުލޫމާތު ވީ އެންމެ އަވަސް ފުރުސަތެއްގައި ރައީސް މުޙައްމަދު ނަޝީދުގެ އޮފީހާ ހިއްސާކޮށް ދެއްވުމަށް ވެސް ވަނީ އެ މިނިސްޓްރީގައި އެދިފަ އެވެ.