14:30


އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ގާޒާގެ އެއާޕޯޓަށް ދިން މިސައިލް ހަމަލާއެއްގައި އެގާރަ މީހުން ޒަހަމްކޮށްލައިފި އެވެ.


މި ހަމަލާތަކުގައި މީހަކު ޝަހީދުވެފައިވާ ކަމެއް ގާޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާތުން ބުނެފައެއްނުވެ އެވެ. ފަލަސްތީނާއި އިސްރާއިލުގެ މައްސަލަ ހޫނެވެފައިވާރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ މިހާރު ގެންދަވަނީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. ނަތަންޔާހޫގެ މިދަތުރުފުޅުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ މާދަމާ ބައްދަލުކުރައްވާނެ އެވެ. ބަރަކް އޮބާމާއާއެކު ކުރައްވާ މަޝްވަރާތަކުގައި އިސްރާއިލުން ފަލަސްތީނުގެ ގާޒާގައި ޔަހޫދީ އާބާދީތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތައް އެމެރިކާގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.