މުލިއާގެކޮށި ސަރަޙައްދުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް) އިން ނިއްވާލައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ، އެ ހާދިސާ ހިނގީ މިއަދު މެންދުރު ކަމަށާއި އެތަނުގައި އަލިފާ ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެފްއާރުއެސްގެ ޓީމެއް ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

އެ ހާދިސާގައި ރޯވެފައި ވަނީ ހުސްބިމުގައި ހުރި ވިނަ ފުންޏެއްގައިކަމަށް އެފްއާރުއެސްއިން މައުލޫމާތުދެ އެވެ.

އަދި އެ ހާދިސާގައި ރޯވި އަލިފާން ގަޑު އެމްއެންޑީއެފް އިން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލައިފަ އެވެ.