ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމްޑިޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ޕީޖީ މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް މަޖިލީހުގެ ތަޅުމެއްގައި ނުނަގާނެ ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުގެ ތަޅުމުގައި ނުނަގާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ އިތުރުން ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެޕާޓީން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ވަނީ އަންނަ ހޯމަ ދުވަހަށް އެޖެންޑާކޮށްފަ އެވެ.