ތިރީސް އަށް ވަނަ ގައުމީ ފެތުމުގެ މުބާރާތް އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވާގޮތަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، އަންނަ ނޮމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހަށް ނިޔލަށް ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ފެތުމުގެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު މި މުބާރާތުގައި ބައިވެރިވުގެ އެންމެ ފަހު ތާރީހަކީ އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންހެން ފިރިހެން ހިމެނޭގޮތަށް ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ސްމިން އެސޯސިއޭޝަންގެ މެންބަރު ކުލަބުތަކަށް ކަމަށާއި ކުލަބުންތަކުން 1000 ރުފިޔާ ދައްކަން ޖެހޭ އިރު އަމިއްލަ ގޮތުން ބައިވެރިވާ ފެތުންތެރިން 100 ރުފިޔާ ދައްކަން ޖެހޭ ކަމަށް ސްމިވިން އެސޯސިއޭޝަނުން ބުނެ އެވެ.

މުބާރާތުގައި އަމިއްލަ ގޮތުން ވެސް ފެތުންތެރިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ޓީމްތަކުން އެންމެ ގިނަ ވެގެން ބައިވެރި ވެވޭނީ ކޮންމެ ޓީމަކުން ވެސް ތިން ފެތުންތެރިންނަށް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.