23 Oct 2013, 22:27
އިލެކްޝަންސް ކޮމިޝަނުން ކަންތައްތަކެއް ކުރަން އުޅޭ ކަމަށް ވާހަކަތަކެއް ދެކެވުނަސް އެކަމުގެ އަމަލީ ސިފައެއް މިހާތަނަށް ފެންނަމުން ނުދާކަމަށް ޕީޕީއެމުން ބުނެފި އެވެ.
ނަސަންދުރާ ޕެލެސް ހޮޓެލްގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލު މިރޭ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކަންކަން ރަނގަޅު ކުރަން އުޅޭ މަންޒަރު އަދިވެސް ފެންނަމުން ނުދާ ކަމަށެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑުލައިނާ އެއްގޮތަށް އަމަލު ކުރުމަށް އެ ކޯޓުން އަމުރެއް ނެރުނަސް އެކަމަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ މަންޒަރު ނުފެންނަ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ސާވާގެ ސެކިއުރިޓީ ރަނގަޅު ކުރިކަން މިހާތަނަށް އެ ކޮމިޝަނުން އަންގާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވަގުތު އޮއްވައި ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް އެ ޕާޓީ އަށް ލިސްޓުތައް ދިނުމަށް މިހާރު ވެސް އެދެމުންދާ ކަމަށާއި ނަމަވެސް އެކަމަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.