މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ތާރީޚުތަކުގައި އިންތިޚާބު ބާއްވަވާ ނަމަ، 11 ނޮވެމްބަރު 2008ގައި ފެށުނު ރިޔާސީ ދައުރު ހަމަވާ އިރު، ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމާ އެކު، މި ޙާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވާނެ ޙާލަތަކަށް ވާތީ، އަދި މި މައްސަލަ ޙައްލުކުރެއްވުން އެންމެ އެކަށީގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމުގައިވާތީ، އެ މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުން އިސްނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފި އެވެ.