23 Oct 2013, 16:12
ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލުން މަނާކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަވައިފި އެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ. އަދި އެބިބަލަށް ހަތަރު މެންބަރަކު ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އަދި މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ ބާރު ކަނޑުވާލައި އަދި އެ ދެ މުއައްސަސާގެ އޮނިގަނޑަށް ބަދަލުގެނެސް، އެ ދެ މުއައްސަސާ އެމްޑީޕީގެ ވެރިކަމެއްގައި ހިންގާނެ ގޮތްކަމަށް ކަނޑައަޅައި އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނުމަށް ތައްޔާރުކުރި ރިޕޯޓް ލީކްވެފައިވާ އިރު، އެ ސިޔާސަތު ތަންފީޒުވެއްޖެ ނަމަ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބާރުކެނޑި ދިވެހި ގައުމު ބޭރުބައެއްގެ އަތްމައްޗަށް ދިޔުމުގެ ބިރުވެރިކަން އިޙުސާސްކުރެ ވޭތީ، އެ މައްސަލަ ބަލައި ތަޙްގީގު ކުރުމަށް ސަރުކާރަށް ގޮވާލުމަށް މަޖިލީހަށް ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވާފައިވެ އެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.