22 Oct 2013, 19:01
ސުޕްރީމް ކޯޓުންދީފައިވާ ގައިޑުލައިނާ ޚިލާފަށް ރިޔާސީ އިންތިޚާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ސުޕްރީމް ކޯޓުންއަމުރުކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ސުޕްރީމް ކޯޓުން މިރޭ ނެރުނުއަމުރުގައިބުނެފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައިވާ ތާރީޚުތަކުގައި އިންތިޚާބު ބޭއްވިފައި ނުވުމަކީ ގައިޑުލައިނާ ޚިލާފަށް އިންތިޚާބު ބޭއްވުން ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެއަމުރުގައިބުނެފައި ވަނީ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ރައްޔިތުންނަށް މިނިވަންކަމާއެކު އެއްވެސް ކަހަލަ ހުރަހެއް އެޅުމަކާ ނުލައި އެ ހައްގު ބޭނުންކުރެވޭނެ އިންތިޚާބަކަށް ހެދުމަކީ އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.
ސުޕްރީމް ކޯޓުން ގައިޑުލައިންތަކެއް ދީފައި ވަނީ ރާއްޖޭގައި ބޭއްވޭ އެކިއެކި އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެފުށް ފެންނަ ގޮތަށް ބާއްވާ އިންސާފުވެރި އިންތިޚާބުތަކެއްކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށްއަމުރުގައިބުނެ އެވެ. އެހެންކަމުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާ ގައިޑުލައިންތަކާ އެއްގޮތަށް ބޭއްވޭ އިންތިޚާބަކަށް ވާންޖެހޭނެ ކަމަށް އެއަމުރުކޮށްފިވަނީ ބުނެފަ އެވެ.