22 Oct 2013, 17:01
ޖުމްހޫރީ ޕާޓީގެ ޖަލްސާއެއް ރޭ ކުރިއަށް ދަނިކޮށް، ޖޭޕީގެ މައި ޖަގަހަ، ކުނޫޒު ފުރާޅަށް ގާއުކައިފި ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޖޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ވަރަށް ނާތަހުޒީބު ދަށުދަރަގައިގެ އަމަލެއް ކަމަށާއި އަދި އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެ ޕާޓީ އަށް ސަޕޯޓް ނުކުރައްވާ ފަރާތްތައް ޑިމޮކްރަސީގެ ރިވެތި ހަމަތަކުގައި ހިފެހެއްޓުމަށާއި އެ ޕާޓީ އަށް ލިބިގެންވާ ޙިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިޙްތިރާމު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. މި ދަނޑީވަޅުގައި މި ޕާޓީގެ އެހެނިހެން ޖަގަހަތަކަށްދޭ ހަމަލަތައް ވެސް ކުށްވެރިކޮށް އެކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.