ގަވާއިދާ ހިލާފަށް އުޅުނު ދެ ބިދޭސީއަކު ލ. އިސްދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިސްދޫގައި ހިނގި އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ 20 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ދެ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި 19 އަހަރުގެ މީހާގެ ބޯ ފަޅައިގެން ދިއުމުގެ ސަބަބުން އޭނާ އަށް ލ. އިސްދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.