22 Mar 2010, 13:03
14:30
ސްޕެނިޝް ލަލީގާގައި ރެއާލް ޒަރަގޯޒާ ހަތަރެއް ދޭކުން ބަލިކޮށް ތާވަލުގެ ކުރީގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން ބާސެލޯނާ ހަމަހަމަކޮށްފި އެވެ. މިމެޗުގައިވެސް ބާސެލޯނާގެ ތަރިއަކަށް ވެގެންދިޔައީ ޒަރަގޯޒާ ކޮޅަށް ތިން ލަނޑުޖަހައި ހެޓްރިކް ހެދި ލިއޮނަލް މެސީ އެވެ. ބާސެލޯނާގެ ހަތަރު ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ޒަލްޓާން އިބްރަހިމޮވިޗް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗަށްފަހު ޒަރަގޯޒާގެ ކޯޗް ބުނެފައިވަނީ އެޓީމު ބަލިވުމުގެ އަސްލަކީ މެސީކަމަސް އެވެ. މި ނަތީޖާއާއެކު ތާވަލުގެ ކުރީގައި އޮތް ރެއާލް މެޑްރިޑާ 68 ޕޮއިންޓުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރީގައި އޮތީ ރެއާލެވެ.