ވޯޓުލުމުގެ ހައްގަކީ ދިމާކުރާތީ ނިޒާމެއްގައި ގައުމު ހިންގުމުގައި ރައްޔިތުން ބައިވެރިވުމަށް ލިބިދޭ އެންމެ މުހިންމު އެއް ފުރުސަތު ކަމަށާއި ދައުލަތުން އެ ހައްގު ކަށަވަރުކޮށްދިނުމަށް ޓަކައި ރިޔާސީ އިންތިހާބު ބާއްވާނެ ދުވަހެއް ލަސްނުކޮށް އިއުލާން ކުރުމަށް ހިއުޔުމަންރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރުސީއެމް އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި މަދަނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ 25 ވަނަ މާއްދާ އާއި އިންސާނީ ހައްގުތަކުގެ އާންމު ގަރާރުގެ 21 ވަނަ މާއްދާގެ ދަށުން ވޯޓުލުމުގެ ހައްގު ލިބޭ ކަމަށެވެ.