Last Updated:
1 decade 2 year ago

އިންތިހާބު ބާއްވާނެ ތާރީހަކާމެދު ޕާޓީތަކުން އެއްބަހެއް ނުވެވުނު

    ބުލޮގު ޚުލާސާ
    އިންތިހާބުގެ ތާރީހެއް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންނާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އެމްޑީޕީ އާއި ޖޭޕީގެ އިތުރުން ޕީޕީއެމްގެ މަންދޫބުން އިލެކްޝަންސް ކޮމިޝަނަށް މިރޭ ވަޑައިގެންފި އެވެ.

    މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ޕާޓީތަކުގެ މަންދޫބުން އީސީއަށް ވަޑައިގެންނެވީ މިރޭ 9:00 ޖެހި ފަހުންނެވެ. އެމްޑީޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އީސީއަށް ވަޑައިގެންނެވީ އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު ހަސަން ލަތީފެވެ. ޖޭޕީގެ ފަރާތުން އުމަރު ނަސީރާއި އިލްހާމް އަހުމަދު ވަޑައިގެންނެވިއިރު، ޕީޕީއެމްގެ ފަރާތުން މަޝްވަރާތަކަށް ވަޑައިގެންނެވީ އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު އަބްދުﷲ އަމީނެވެ.http://www.sun.mv/albums/l_20711.jpg
    އީސީގެ މެންބަރުންނާއެކު ޑިފެންސް މިނިސްޓަރާއި ތިން ޕާޓީގެ ހަ މަންދޫބުންނާއެކު ކުރިއަށްދާ މަޝްވަރާތަށް މިހާރު ވަނީ ފަށާފަ އެވެ.

    އީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުގެ ތާރީހެއް ބޭއްވުމަށް ސަރުކާރައި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަން ޖެހެނީ ސިޔާސީ ގޮތުން "ބައެއް ޔަގީންކަން" ލިބެން ބޭނުންވާތީ ކަމަށެވެ.

    އީސީގެ ރައީސް ފުއާދު ތައުފީގު ރޭ ވިދާޅުވެފައި ވަނީ އެންމެ އަވަހަށް ވެސް އިންތިހާބު ބޭއްވެން އޮތީ އަންނަ މަހުގެ ނުވައެއްގައި ކަމަށެވެ. ނަމަވެސް އަންނަ މަހުގެ ދޭއް ގައި އިންތިހާބު ބޭއްވުމަށް އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ޕާޓީތަކަށް ހުށަހެޅި ކަމަށްވެ އެވެ.http://www.sun.mv/albums/l_20712.jpg

    01:39

    ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއެކު އީސީގެ މެންބަރުން ބޭއްވި ބައްދަލުވުން ނިންމާލައިފި. މަޝްވަރާތަކުގައި ވާހަކަދެކެވުނު ކަންތައްތައް މީޑިއާއަށް ހާމަކުރައްވަން ނާޒިމް ދެކޮޅު ހެއްދެވި.

    އެމަނިކުފާނު ވިދާޅުވީ އިލެކްޝަނުން ބޭނުންވާ ކޮންމެ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިއްބެވި ކަމަށް. މާދަމާގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ތާރީހެއް ދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި.

    01:19

    ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއެކު އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބައްދަލުކުރައްވަމުން އެބަ ގެންދަވާ.
    01:13އިލެކްޝަންސް ކޮމިޝަނުން

    އިންތިހާބު އަލުން ބާއްވާނެ ތާރީހަކާމެދު ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވި، މަޝްވަރާތައް ނިންމާލައިފި. ޕާޓީތަކުން ހުށަހެޅި ތާރީހުތަކަކަށް މާދަމާގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ.

    ޖޭޕީން ވަނީ އިންތިހާބު ބޭއްވުމުގައި ޑިމާންޑުތަކެއްކޮށްފައި. އެއީ އީސީގެ ސާވާއަށް ބަޔަކަށް ނުވަދެވޭނެ ކަމުގެ ޔަގީންކަން ލިބުމާއި ރީ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން 10 ޕަސެންޓް ފޯމްތަކުގެ އިނގިލީގެ ނިޝާން "ވެރިފައި" ކުރުމަށް.

    01:10މޫސާ މަނިކު: އެމްޑީޕީގެ ޗެއާޕާސަން

    އެއްވެސް ކެންޑިޑޭޓެއް ބޭނުންވީމަ އިންތިހާބު ވީޓޯ ކުރުމުގެ ބާރު ލިބިގެން ނުވާނެ. އިންތިހާބުގެ ތާރީހެއް އިނގޭނީ މާދަމާ އިލެކްޝަންސް ކޮމިޝަނުން އެކަން ނިންމީމަ. އަޅުގަނޑުމެން މި ހުށަހެޅި ތާރީހުތަކެއް.
    01:01މޫސާ މަނިކު: އެމްޑީޕީގެ ޗެއާޕާސަން

    އަޅުގަނޑުމެން ބޭނުންވަނީ މި މަހުގެ 30 ގައި ފުރަތަމަ ބުރު ބާއްވާފައި ދެ ވަނަ ބުރު އަންނަ މަހުގެ ހަތެއްގައި ބޭއްވުން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ސަރުކާރުން އެދިގެން ބާއްވާ އިންތިހާބެއް. އަޅުގަނޑުމެން ބޭނުންވަނީ އިލެކްޝަންސް ކޮމިޝަނުން އެދިގެން ބާއްވާ އިންތިހާބެއް. ސަރުކާރުން މި އިންތިހާބުގެ ތެރެއަށް ވަންނާނެ ކަމެއް ނެތް. ސަރުކާރުން ކުރަންވީ ކަމަކީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުން. ސުޕްރީމް ކޯޓުގެ ގައިޑުލައިނެއް ދިނީ ދެ ވަނަ ބުރަށް ބަޔަކު ނާދެވިގެން.
    00:58އިލްހާމް އަހުމަދު: މަޝްވަރާގައި ބައިވެރިވި ޖޭޕީ މަންދޫބު

    އަޅުގަނޑުމެން މިތިބީ ނޮވެންބަރު 11 ކުރިން ރައީސަކު އިންތިހާބު ކުރަން ތައްޔާރަށް. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ނޫނީ އިންތިހާބު އަލުން ބާއްވައިގެން ނުވާނެ.
    00:54

    މަޝްވަރާތައް ނިންމާލައިފި. އިންތިހާބު ބޭއްވުމަށް ޕާޓީތަކުން ހުށަހެޅި ތާރީހުތަކަށް އިލެކްޝަންސް ކޮމިޝަނުން މާދަމާ ގޮތެއް ނިންމަވާނެ ކަމަށް ޕީޕީއެމުން ބުނި. މަޝްވަރާތަކުގައި ބައިވެރިވި މަންދޫބުން ދަނީ މީޑިޔާއާ ވާހަކަފުޅު ދައްކަވަމުން.
    00:19

    00:02

    އެއް ގަޑިރަށް މަޝްވަރާތަކަށް މެދުކަނޑާލުމަށްފަހު އަލުން މަޝްވަރާތަށް ފެށުމަށް ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޕީޕީއެމްގެ ދެ މަންދޫބުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންފި. ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން މަޝްވަރާތައް ފެށާނެ.
    22:52އިލެކްޝަންސް ކޮމިޝަނުން

    މަޝްވަރާތައް ގަޑިއެއްހާއިރަށް މެދުކަނޑާލައިފި. އިންތިހާބު ބާއްވާނެ ތާރީހުތަކެއް ޕާޓީތަކުން ހުށަހަޅައިފި. އެމްޑީޕީން ހުށަހެޅި މި މަހުގެ 30ގައި އިންތިހާބު ބާއްވަން. ޕީޕީއެމާއި ޖޭޕީން ހުށަހެޅީ އަންނަ މަހު ދޭއް ގައި އިންތިހާބު ބާއްވަން

    ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ކޮމިޝަނަށް ރަނގަޅު ގޮތަކީ އަންނަ މަހު ނުވައެއްގައި އިންތިހާބު ބޭއްވުމުން ކަމަށް.

    ނޮވެމްބަރު 11ގެ ކުރިން ރައީސަކު އިންތިހާބު ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ތާއިދު ކުރި.

    ގަޑިއެއްހާއިރަށް މަޝްވަރާތައް މެދުކަނޑަލާލުމަށްފަހު ދެން މަޝްވަރާތައް ފަށާނީ މިރޭ ދަންވަރު 12:00 ޖަހާއިރު.