20 Oct 2013, 11:24
ސަރުކާރު ކޯލިޝަނުން ޑީއާރުޕީ ވަކިވުމަށް ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ނިންމުމާ ގުޅިގެން ޕޯސްޓް ލިމިޓެޑް ޗެއާމަން އަހުމަދު ނިޒާމު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނިޒާމަކީ ޑީއާރުޕީ ސްލޮޓެއްގައި ސަރުކާރުގައި ހުންނެވި ބޭފުޅެކެކެވެ.
ނިޒާމު މިއަދު ސަން އަށް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ސަރުކާރު ކޯލިޝަނުން ޑީއާރުޕީ ވަކިވުމަށް އެ ޕާޓީގެ ކައުންސިލުން ރޭ ނިންމުމުން "އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކުރުމުގެ" ގޮތުން އިސްތިއުފާ ދެއްވީ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ނިޒާމަކީ ޑީއާރުޕީ ކައުންސިލް މެންބަރެކެވެ. އަދި އޭނާގެ ކޮއްކޮ، ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމަކީ ޑީއާރުޕީގެ އެއް ނާއިބު ލީޑަރެވެ.