އިންތިހާބު ފަސް ކުރުމާ ގުޅިގެން އެމްޑީޕީ އިން ހުޅުމާލޭގައި ކުރަމުންދާ މުޒާހަރާ އާ ގުޅިގެން ހުޅުމާލޭ ފެރީ ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ ހެޑް އޮފް ޓްރާންސްޕޯޓް އިސްމާއިލް ފާރިގް މިރޭ ވިދާޅުވީ ހުޅުމާލެ ފެރީ ޓާމިނަލްގައި ކުރަމުންދާ މުޒާހަރާގެ ސަބަބުން މިވަގުތު ހިދުމަތް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

"ހުޅުމާލެ ޓާމިނަލްގައި މުޒާހަރާ ކުރަމުންދާތީވެ އޮޕަރޭޝަން ކުރިއަށް ގެންދެވެން ނެތިގެން މެދުކަނޑާލީ،" ފާރީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިދުމަތް މެދުކަނޑާލައިފައި ވިޔަސް ބެއެއް އަންހެނުންނާއި ކުޑަކުދިން ކޮންމެހެން ވެސް ފުރަން ބޭނުންވެފައި ތިބުމުގެ ސަބަބުން ކޮންމެ ބައިގަނޑިއިރަކުން ފެރީއެއް ފުރުވާލެވޭތޯ ބަލަމުންދާ ކަމަށެވެ.