އައްޑޫ ސިޓީން: މުރުޝިދު އަބްދުލްހަކީމް

މި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެން މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނުބޭއްވުމާ ގުޅިގެން އައްޑޫ ސިޓީގައި ވެސް އިހްތިޖާޖު ކުރަމުން އެބަދެ އެވެ.

މިއަދު ހަވީރު ފެށިގެން ކުރަމުން އަންނަނީ ވޯޓުން ރައީސުލްޖުމްހޫރިޔާ އަކު ހޮވުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ބުނެ އެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ރޯޔަލް ރެސްޓޯރެންޓް ކައިރީ އެމްޑީޕީ މީހުން އިހްތިޖާޖު ކުރަމުންދަނީ ލިކްރޯޑްގައި އިށީނދެތިބެ އެވެ.

ހިތަދުގައި ހިނގަމުންދާ އިހްތިޖާޖުގެ ސަބަބުން ލިންކްރޯޑްގެ ދުއްވާ އެއްޗެހި ދުއްވުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. މިއަދުގެ އިހްތިޖާޖުގައި އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގެ އިސް ބޭފުޅުނާ ގިނަ އަންހެނުން ބައިވެރިވެ އެވެ.


މިއަދު ބާއްވަން އޮތް އިންތިހާބަށް އިއްޔެ ހައެއްޖެހުމާ އެކު ކެމްޕެއިންގެ ހަރަކާތްތައް ވަނީ ހުއްޓާލާފަ އެވެ. އަދި މިއަދު ވޯޓުލުން ނުބޭއްވުނު ނަމަވެސް މިއަދު ހަވީރުވުމާ ހަމައަށް އެއްވެސް ފަރާތަކުން ހަރަކާތެއް ކުރިއަށް ގެންގޮސްފައިނުވާ އިރު މިހާތަނަށް ވެސް އެއްވެސް ހަމަނުޖެހުމެއް އިންތިހާބާ ގުޅިގެން ހިނގާފަ އެއްނުވެ އެވެ.