19 Oct 2013, 14:55
ޗައިނާގެ ފިރިހެނަކު، އޭނާގެ އަބިމީހާއަށް ދިން ކައިވެނީގެ ރަން އަނގޮޓި، ފާހާނާ ތަށީގެ ތެރެއަށް ވެއްޓުމުން، އެ އަނގޮޓި ނަގަން އުޅުމުގެ ތެތޭގައި އަތް ތާށިވެއްޖެ އެވެ.
ޒޭން ނަމަކަށް ކިޔާ އެ ފިރިހެން މީހާގެ އަތް ފާހާނާ ތަށި ތެރޭގައި ތާށިވުމުން އެކަން ޗައިނާގެ ފަޔާ ފައިޓަރުންނަށް ރިޕޯޓް ކުރީ އޭނާގެ އަންހެނުން އެވެ. އެވަގުތު ފަޔާ ފައިޓަރުން އެގެއަށް އައިސް ބެލިއިރު ފިރިމީހާގެ ކަނާތުގެ ބޮޑުބައެއް ވަނީ ވަނީ ތިރި ފާހާނާ ތަށީގެ ތެރޭގައި ތާށިވެފަ އެވެ.
ގިނައިރުތަކެއް ވަންދެން ފާހާނާ ތަށި ތެރޭގައި ތާށިވެފައި އޮތް އެ މީހާގެ އަތް ސަލާމަތް ކުރުމަށް ޗައިނާގެ ފަޔާ ފައިޓަރުން ވަނީ ފާހާނާ ތަށި ބަހައްޓާފައި ހުރި ތަނުގެ ފައުންޑޭޝަނާއެކު ބޮޑު ބައެއް ކޮށާލާފަ އެވެ.
ފިރިހެން މީހާގެ އަތް ފާހާނާ ތަށީގެ ތެރެއިން ސަލާމަތް ކުރިއިރު، އޭނަގެ ކަނާތް ވަނީ ވަރަށް ބޮޑަށް ނޫފާގެންފަ އެވެ. އަދި ވަގުތުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ.