14:30


ދޭއް އެކަކުން ލިވަޕޫލް ބަލިކޮށް، އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް އެކްލަބުން ކުރަމުން ގެންދާ މަސައްކަތަށް މެންޗެސްޓަރ ޔުނައިޓެޑުން ހުރަސް އަޅައިފި އެވެ. ރޭ މެންޗެސްޓަރގެ އޯލްޓްރެފަޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ކުރި ހޯދީ ލިވަޕޫލުން ކުރި ހޯދިނަމަވެސް ލިވަޕޫލްގެ އުއްމީދުތައް ފެނަށް ދުއްވާލީ ވޭންރޫނީ އާއި ސައުތު ކޮރެއާގެ ޕާކް ޖީސުން އެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މެންޗެސްޓަރ އަށް ވަނީ 69 ޕޮއިންޓާއެކު ލީގުގެ ކުރި ލިބިފަ އެވެ. މިދިޔަ ހަފްތާގައި އިންޓަމިލާން އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކަޓާފައިވާ ޗެލްސީން ރޭ ބްލެކްބާންއާ ދެކޮޅަށް ކުޅެ ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. މި ނަތީޖާގެ ސަބަބުން ލީގުގެ ކުރީގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ޗެލްސީއާ ދެމެދު އޮތް ފަރަގު މިހާރުވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފަ އެވެ.