Last Updated: 1 decade 2 year ago
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިއުދިއްލީ އަށް ވޯޓުކަރުދާސްތައް ފޮނުވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ވޯޓު ކަރުދާސްތަކާ އެކު ފުލުހުންގެ އޮފިޝަލަކު ވަޑައިގެންފައިވާ ކަމަށެވެ.
އެ ކަމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިންގަޕޫރާއި ލަންޑަނަށް ވޯޓު ކަރުދާސް ފޮނުވުމަށް ޓަކައި މިއަދު 2:20 ގައި ފްލައިޓް ދަތުރު ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ވޯޓާސް ލިސްޓް ޕްރިންޓްކޮށް ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރަން އެނގީ ރޭ ފަތިހު އެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި ހުރި އެއްވެސް އެއްޗެއް ނުނެރެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އެ މައްސަލާގައި ސުޕްރީމް ކޯޓަށް ދާނެ ކަމަށް.
ފުލުހުން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ހިލާފަށް ބާއްވާ އިންތިހާބެއްގައި ފުލުހުން އެއްބާރުލުން ނުދޭނެ ކަމަށާއި ގައިޑްލައިނާ ހިލާފަށް އެއްވެސް އެއްޗެއް އިލެކްޝަންސް ކޮމިޝަނުން ނެރުމަށް ފުލުހުން އެއްބާރުލުން ނުދޭނެ ކަމަށް.
ވޯޓުނެގުމާބެހޭ އެއްވެސް ލިޔުމެއް އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ބޭރު ނުކުރެވޭނެ ކަމަށް ވިދާޅުވެ، މޯލްޑިވްސް ޕޮލިސް ސާވިސުން ވަނީ އިންތިހާބު ހުއްޓުވާފަ އެވެ. މިގޮތަށް ދިމާވުމުގެ ސަބަބުން، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ނެގުން ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.
އެ ޕާޓީނެ މިރޭ ފަތިހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބު ކުރިއަށް ގެންދިއުމަށް އެއްވެސް އެއްބާރުލުމެއް ނުދިނުމަށް އިލްތިމާސް ކުރާ ކަމަށާއި އަދި ޣައިރު ގާނޫނީ އަމަލެއްގައި ބައިވެރިނުވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށް.
ޖުމްހޫރީ ގުޅުމުގެ އެންމެހައި މެންބަރުންނާއި މި ގުޅުމަށް ތާއިދު ކުރައްވާ އެއްވެސް ދިވެހި ރައްޔިތަކު މި ޣައިރު ގާނޫނީ އިންތިހާބުގައި ބައިވެރިނުވުމަށާއި މި އިންތިހާބު ކުރިއަށް ގެންދިއުމަށް އެއްވެސް އެއްބާރުލުމެއް ނުދިނުމަށް، މި ފުރުސަތުގައި އިލްތިމާސް ކުރަމެވެ.
ޕީޕީއެމްގެ ފަރާތުން ވެސް އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ވެސް އެހެންވީމަ އެބޭފުޅުންނަށް ކުރައްވަންޖެހޭ ކަމެއް އެބޭފުޅުން ނުކުރައްވާ ދޫކޮށްލުމަކީ މުޅި ނިޒާމް ހުއްޓިގެން ވާނެ ކަމެއް ކަމުގައި އަޅުގަނޑު ނުދެކެން،
ފުލުހުން އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުން ހުއްޓާލާފައި ވަނީ ވޯޓު ކަރުދާހާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަ އަތޮޅަކަށް ފުލުހުންގެ ލޯންޗުތަކެއްގައި މިރޭ ފުރުމަށް ހަމަޖެހިފައިވަނިކޮށެވެ. ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލި މައްސަލާއާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ފުލުހުން އޮފީހުން އެއްވެސް އެއްޗެއް ނުބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދާ ކަންތައްތަކަށް ފުލުހުންގެ އިދާރާއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ހިލާފަށް އެއްވެސް ކަމެއް ކުރާ ކަމަށް ފުލުހުނަށް ގަބޫލު ކުރެވޭތޯ ސުވާލު ކުރުން "އެކަމުގައި ބުނާނެ އެއްޗެއް ނެތް" ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އީސީން މިރޭ ބުނެފައި ވަނީ ވޯޓު ކަރުދާސް ހިފައިގެން އެ ކޮމިޝަންގެ އޮފިޝަލުން ދަތުރުކުރަން ހަމަޖެހިފައިވާ ގޮތުން މާދަމާ ވޯޓުލާން ފަށާ ވަގުތާއި ނިމޭ ވަގުތަށް ބަދަލު އަންނާނެ ކަމަށެވެ.
ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ޝަފީއު ބައިވެރިވެވަޑައިގެންނެވި މަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީ ފިޔަވައި އަނެއް ދެ ޕާޓީ، ޕީޕީއެމާއި ޖޭޕީން ވަނީ އިލެކްޝަން ކޮމިޝަންގައި ގިނަ ޝަކުވާތަކެއްކޮށްފައި.
މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު އަބްދުﷲ އަމީން ވިދާޅުވީ އެ ޕާޓީން ރީރަޖިސްޓްރޭޝަނަށް ހުށަހެޅި 2000 ވުރެ ގިނަ މީހުން ފައިނަލް ވޯޓާސް ލިޓުގައި ނެތް ކަމަށް. އަދި ފައިނަލް ވޯޓާސް ލިސްޓުގެ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ އިނގިލީގެ ނިޝާން "ވެރިފައި" ކުރަން އެ ޕާޓީން ބޭނުންވާ ކަމަށް އަމީން ވިދާޅުވި. ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ފައިނަލް ވޯޓާސް ލިސްޓުގެ ފަސް ޕަސެންޓް އިނގިލީގެ ނިޝާން ސައްހަކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށް.
އެމްޑީޕީގެ ފަރާތުން މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ޒުވާނުންގެ މިނިސްޓަރު ހަސަން ލަތީފު ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ފައިނަލް ވޯޓާސް ލިސްޓުގައި ސޮއިކުރުމުން އެ ލިސްޓުގެ ސައްހަ ކަމާމެދު ސުވާލެއް ނެތް ކަމަށް.
މިހާރު ފެނިގެންދަނީ އިންތިހާބު "ހައިޖެކް" ކުރަން ދެ ޕާޓީއަކުން މަސައްކަތް ކުރަމުންދާތަން ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި.
މިއަދު ހަވީރު 4:15 އިން ފެށިގެން ކުޅުދުއްފުށީގައި ދިރިއުޅޭ އެމްޑީޕީ އަށް ސަޕޯޓްކުރާ ގިނަ ބަޔަކު ވަނީ ކާރާއި ޕިކަޕުގެ އިތުރުން ސައިކަލްތަކުގައި އެމްޑީޕީގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ވެހިކަލް ބުރެއް ބާއްވާފަ އެވެ. އެ ވެހިކަލް ބުރުގައި މި ރަށުގެ ބޮޑެތި މަގުތަކުގައި ދުއްވާ ހަދާފައިވެ އެވެ.
ޖުމްހޫރީ ޕާޓީން ދަނީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވަމުންނެވެ. އެ ހަވީރުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރުވެފައިވެ އެވެ.
އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓޫގެ ފަރާތުން ވާހަކަފުޅު ދެއްކެވި އުމުރު ނަސީރު ވިދަޅުވީ ޖޭޕީން އެދުނު ގޮތަށް ވޯޓާސް ލިސްޓުގެ ސޮފްޓުގެ ކޮޕީއެއް ލިބިފައިވާ ކަމަށް. އަދި އެ ލިސްޓު ޗެކް ކުރަމުންދާ ކަމަށް އުމަރު ވިދާޅުވީ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އިރުއޮއްސި 6:00 ފެށިގެން ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ކުރުމަށް ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށް. އަދި އެފަދަ ސިޔާސީ ހަރަކާތެއް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި.
ރިޔާސީ ކެމްޕޭން ނިންމާލުމަށް "ކުލަ ފަނޑުކޮށް" ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ވެސް މާލޭގެ މަގުތަކުގައި ހަރަކާތްތަކެއް އެބަ ހިންގާ.
އޭނާ ވިދާޅުވީ ލިސްޓުގައި ސޮއި ކުރަމުންދަނީ ޑީއެންއާރުގެ ޑޭޓާބޭސްއާ އަޅައި ކިޔަމުމަށްފަހު ކަމަށް. ފައިނަލް ލިސްޓުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކަން އަދި ތަންކޮޅެއް އަވަސް ކަމަށް ފަރީދާ ވިދާޅުވި.
ރީ ރަޖިސްޓްރޭޝަނަށް 71،000 މީހުން ރަޖިސްޓްރީ ކުރި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވިޔަސް، އަނީސާ ވިދާޅުވީ އެ ޕާޓީއަށް މިއަދު މެންދުރުފަހު ލިބުނު ލިސްޓުގައި ވަނީ 68،000 މީހުންގެ ނަން ކަމަށް.
އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު ފަހު އަޅުގަނޑުމެންނަށް ލިސްޓުގެ ސޮފްޓްކޮޕީއެއް ވަނީ ދެއްވާފައި. އަޅުގަނޑުމެން މިހާރު މިގެންދަނީ، ލިސްޓް ޗެކްކުރަމުން. އޭގައި ފާހަގަކުރެވޭފަދަ ބޮޑެތި މައްސަލަތަކެއް ނެތިއްޖިއްޔާ އަޅުގަނޑުމެން އެ ލިސްޓުގައި ސޮއިކުރާނަން. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި އެވަނީ މާދަމާ 7:30އަށް ކެންޑިޑޭޓުން ލިސްޓްތައް އެންޑޯޒް ކުރެއްވިޔަސް އިންތިހާބު ބޭއްވޭނޭ. އަޅުގަނޑުމެން އެއަށް ތާއީދުކުރަން.
"ރޭގައި އަޅުނގަޑުމެން ދަންނަވާފަ އޮންނާނީ ދެކަމެއް ކުރަން ބޭނުމޭ ލިސްޓުގައި ސޮއިކުރުމުގެ ކުރިން. ފުރަތަމަ ކަމަކީ ރަޖިސްޓަރީ ކުރި މީހުންގެ 73000 މީހުންގެ ފަސް ޕަސެންޓު މީހުން އެއީ ސައްހަ މީހުންތޯ ބެލުމަށްޓަކައި އެއީ ހަމަ އެމީހުން ފުރި ފޯމުތޯ ބެލުމަށްޓަކައި ފަސް ޕަސެންޓް މީހުން ވެރިފައި ކުރުމޭ އެމީހުންގެ ފިންގާ ޕްރިންޓް ބޭނުންކޮށްގެން. އެކަން ޕޮލިހުގެ އެހީގައި ވާނެ. ދެވަނަ ކަމަކީ ފައިނަލް ލިސްޓު އަޅުނގަޑުމެން އަތަށް އޭގެ ސޮފްޓެއް ދޭން. ދިނީމަ އަޅުނގަޑުމެން އޭތި ވެރިފައިކޮށް ސިސްޓަމްތަކާއި އަޅުވާ ކިޔާފައޭ ސޮއިކުރެވޭނީ،. ނަމަވެސް އަދި މިހާތަނަށް ވެސް ރޭގައި ހުށަހެޅި އެއްވެސް ކަމަކަށް އިލެކްޝަން ކޮމިޝަނުން ފުރިހަމަ ކޮށްދީފައި ނުވޭ"
ޕީޕީއެމްގެ ރިޔާސީ ކެމްޕޭން ހިންގާ މައި އިދާރާ ނަސަންދުރާ ޕެލަސް ހޮޓަލުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސުގައި އަބްދުއްރަހީމް ވިދާޅުވީ ބައެއް ލިސްޓުތަކުގައި ސޮއި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ފުރުސަތު ދީފައިވާ ކަމަށް. އަދި އެ ލިސްޓުތައް ލިބުނީ މިއަދު މެންދުރުފަހު ކަމަށާއި އެ ލިސްޓުތައް ޗެކްކޮށް، ވެރިފައި ކުރުމުގެ މަސައްކަތް ޕީޕީއެމުން ކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި.