ރާއްޖެ ޓީވީ އާއި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެއް ކަމަށެވެ.

ރާއްޖެ ޓީވީ އަށާއި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.