ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން މިއަދު އިއުލާނުކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ދިވެހި ރާއްޖެ ފަސް ދަރަޖަ ދަށަށް ހިނގައްޖެ އެވެ.

ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިހާރު އޮތީ 157 ވަނަ މަގާމްގަ އެވެ. އަދި ސާކް ސަރަހައްދުގައި ރާއްޖެ އޮތީ ތިން ވަނަ މަގާމްގަ އެވެ.

ސާކް ސަރަހައްދުގެ އެއް ވަނަ މަގާމްގައި އޮތީ ސެޕްޓެމްބަރު މަހު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ނިމިގެން ދިޔަ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް މުބާރާތުގެ ތަށި އުފުލާލި އަފްގާނިސްތާނެވެ. އަފްގާން ސަރަހައްދުގެ އެއް ވަނަ މަގާމް ހޯދި އިރު އެ ގައުމު ވަނީ އެއްދަރަޖަ ދަށަށް ގޮސްފަ އެވެ. އެހެންނަމަވެސް ދުނިޔޭގެ ރޭންކިންގައި އަފްގާން އޮތީ 133 ވަނަ މަގާމްގަ އެވެ.

ސާކް ސަރަހައްދުގެ ދެ ވަނަ މަގާމް މިފަހަރު ލިބުނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދި އިންޑިއާއަށެވެ. ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 154 ވަނަ މަގާމްގަ އެވެ.

ސާކް ސަރަހައްދުގެ ހަތަރު ވަނަ މަގާމުގައި މިފަހަރު ބަންގްލަދޭޝް އޮތްއިރު، ސަރަހައްދުން މިފަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް ގައުމަކީ ވެސް ބަންގްލަދޭޝް އެވެ. އެގޮތުން ބަންގާޅަށް މިފަހަރު ހަތަރު ދަރަޖައިގެ ކުރިއެރުމެއް ލިބުނު އިރު ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 162 ވަނަ މަގާމްގަ އެވެ.

މިފަހަރުގެ ރޭންކިގައި ދެ ދަރަޖަ ދަށަށް ދިޔަ ނޭޕާލަށް ސަރަހައްދުގެ ފަސް ވަނަ ލިބުނުއިރު ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 165 ވަނަ މަގާމްގަ އެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާއި އެކު ސަރަހައްދުގެ ހަ ވަނަ މަގާމްގައި ސްރީލަންކާ އޮތްއިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 166 ވަނަ މަގާމްގަ އެވެ.

ސާކް ސަރަހައްދުގެ ހަތް ވަނަ މަގާމްގައި ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައިގެން ޕާކިސްތާން އޮތްއިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 168 ވަނަ މަގާމްގަ އެވެ. އަދި ސާކް ސަރަހައްދުގެ އެންމެ ފުލުގައި އޮތީ ބޫޓާނެވެ. ދުނިޔޭގެ ރޭންކިންގައި ބޫޓާން އޮތީ 207 ވަނަ މަގާމްގަ އެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނަ މަގާމް ގައި އަދި ވެސް އޮތީ ސްޕެއިން އެވެ. ދެ ވަނަ މަގާމްފައި ޖަރުމަން އޮތްއިރު، ތިން ވަނަ މަގާމްގައި އޮތީ އާޖެންޓީނާ އެވެ.