އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯޑްކަޕް ފުޓްބޯޅަ މުބާރާތައް ފުރަތަމަ ފަހަރަށް ބޮސްނިއާ ކޮލިފައިވުމުން އެގަމުގެ ގިނަ ރައްޔިތުންތަކެއް އުފާ ފާޅުކުރަން ފަށައިފި އެވެ.

ބޮސްނިއާ ވޯލްޑްކަޕަށް ކޮލިފައިވެފައި ވަނީ އިއްޔެ ރޭ ލިތުއޭނިއާ 1-0 ލަނޑުން ބަލިކޮށް ގުރޫޕު ޖީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ވޯލްޑްކަޕަށް ބޮސްނިއާ ކޮލިފައި ވުމުން އެ ގައުމުގެ އެއްތައްހާސް ރައްޔިތުންނެއް އިއްޔެ އާއި މިއަދުވެސް ވަނީ ގައުމީ ޓީމް ހޯދި ކާމިޔާބީއަށް ޝުކުރުއަދާ ކުރުމުގެ ގޮތުން ބޮޑެތި މަގުތަކަށް ނިކުމެ އުފާފާޅު ކުރަމުންނެވެ. މިއީ 1992 ވަނައަހަރު ޔޫގޯސްލޭވިއާ އަތުން ބޮސްނިއާ މިނިވަންވިފަހުން އެގައުމަށް ލިބުނު އެންމެ ބޮޑު އެއް އުފާ ކަމަށް ވެސް އެގައުމުގެ ރައްޔިތުން ސިފަކުރެއެވެ.

ބޮސްނިއާ ވޯލްޑްކަޕަށް ކޮލިފައި ވުމުން އެ ގައުމުގެ ސަރުކާރުން ވަނީ ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އަގުހުރި އިނާމެއް ދޭނެ ކަމަށް ވައުދު ވެފަ އެވެ.

ގްރޫޕްގެ އެއް ވަނަ މަގާމްގައި ބޮސްނިއާ އޮތީ 25 ޕޮއިންޓާއެކު އެވެ. އެގޮތުން ވޯލްޑްކަޕް ކޮލިފައިންގައި ބޮސްނިއާ ކުޅުނު ދިހަ މެޗުން އެ ޓީމަށް މެޗު މޮޅުވިއިރު ބަލިވީ އެންމެ މެޗަކުންނެވެ. އަދި އެއް މެޗް ވަނީ އެއްވަރު ވެފަ އެވެ. ބޮސްނިއާ އާއި އެއްވަރަށް ޕޮއިންޓު ހަމަކޮށްގެން ގުރޫޕުގެ ދެވަނަ މަގާމްގައި އޮތީ ގްރީސެވެ. ބޮސްނިއާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްރޫގެ ދެ ވަނަ މަގާމްގައި އޮތް ގްރީސަށް މިހާރު ވަނީ ވޯލްޑްކަޕަށް ކޮލިފައިވުމަށް ޕްލޭއޮފް މެޗެއް ކުޅެންޖެހިފަ އެވެ.

މުބާރާތުގެ ގްރޫޕް ޖީގައި ބޮސްނިއާ އާއި އެކު ދެން ހިމެނޭ ޓީމްތަކަކީ ގްރީސް އާއި ސްލޮވޭކިއާ އާއި ލިތުއޭނިއާ އާއި ލެޓްވިއާ އަދި ލައިޗެސްޓެއިންނެވެ.