އައްޑޫ ސިޓީގެ ހިތަދޫ މަގެއްގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޭ ރޯކޮށްލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ސ. ހިތަދޫ މަސްޖިދުލް ސޫރާ މިސްކިތް ސަރަހައްދުގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 11:20 އެހާކަންޙާއިރު ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯކޮށްލުމުގެ ސަބަބުން ބޭނުންނުކުރެވޭ ވަރަށް އެ ކާރު އަނދާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ހިތަދޫ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.