މިއަދަކީ އަޟުހާ އީދު ދުވަސް ކަމަށްވުމާ އެކު، މިއަދުގެ މުނާސަބަތުގައި ހަވީރު 4:00 އިން ފެށިގެން މިރޭ 10:00 އަށް މާލޭގައި ހަމައެކަނި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން މާލޭ ސިޓީ ކައުންސިލުން ކެންސަލް ކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވީ ފައިމަގިގައި އުޅޭގޮތަށް ހަމަޖައްސާފައި އޮތް އޮތުން ކެންސަލްކޮށްފައި ވަނީ މިއަދަކީ މާބޮޑަށް ވިއްސާރަ ދުވަހަކަށްވާތީ ކަމަށެވެ.

"މިއަދަކީ މާ ވިއްސާރަ ދުވަހަކަށް ވާތީ، ހިނގާ ބިނގާވާ މީހުންނަށް ވަރަށް އުނދަގޫވާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ މި ކެންސަލްކޮށްލީ،" އަލިބެ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައި އޮތުމުން ތަފާތު އެކި ކުޅިވަރުތަކާއި އަދި އެނޫންވެސް ހަރަކާތްތައް އެކި ފަރާތްތަކުން އިންތިޒާމްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކުގެ ކިބައިން މޭޔަރު ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.