29 Nov 2010, 05:40
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެއްސަކު އިންޑިޔާގައި ހައްޔަރުކޮށްފި އެވެ. ޓްރެވިންޑްރަމުންގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
އިންޑިޔާގެ ބައެއް ނޫސްތައް ބުނާ ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރު އެވެ.
އިންޑިއާގެ ޓުރެވިންޑުރަމް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފައި ވަނީ 15 އަހަރުގެ އަބްދުލް މަޖީދު އަހުމަދު އާއި 23 އަހަރުގެ ވަހީދު އާދަމް ކަމަށް ޑުރެވިންޑުރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ދާދި ދެންމެ އަކު ބުންޏެވެ. ދިވެހި ކޮންސިއުލޭޓުން ބުނީ އެމީހުންނާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.