13 Oct 2013, 16:41
އިޓަލީގެ ގައުމީ ޓީމަށް ކުޅޭ ބްރެޒިލް މިޑްފީލްޑަރު ތިއާގޯ މޮޓާ ހޯދުމަށް އިޓާލިއަން ލީގުގެ ޔުވެންޓާސްއިން ފާރަލަމުން ގެންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ހުކުރު ދުވަހު ޑެންމާކާ ދެކޮޅަށް ކުޅެ 2-2 އިން އިޓަލީ އެއްވަރުވި މެޗުގައި އަންދުރޭ ޕިރްލޯގެ މަގާމަށް ކުޅުނު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ މިޑްފީލްޑަރު ވަނީ، މޮޅު ކުޅުމެއް ދައްކާފަ އެވެ.
ޕީސްއެސްޖީއާ އެކު ތިއާގޯ މޮޓާ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2015 ވަނަ އަހަރުގެ ނިޔަލަށެވެ. އެހެން ނަމަވެސް އޭނާ އެހެން ޓީމަކަށް ބަދަލުވުން ގާތްކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޓަލީގެ ކުޅިވަރު ނޫހެއް ކަމަށްވާ ޓުއްޓޯސްޕޯޓްސްގައި ބުނެފައިވާގޮތުން މޮޓާގެ އެހެން ޓީމަކަށް ބަދަލުވާނަމަ އޭނާގެ ޓްރާންސްފާ ފީ ގާތްގަނޑަކަށް ފަސް މިލިއަން ޔޫރޯއަށް އަރާއިރު މުސާރައިގެ ގޮތުގައި ސީޒަނަކަށް 3 މިލިއަން ޔޫރޯ ޖެހޭނެ އެވެ.