Last Updated: 1 decade 2 year ago
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމްތައް ބަލައިގަތުމަށްފަހު "އޮފްލައިން ސްލިޕެއް" ދޫކުރަމުންދާ ކަމަށާއި މައްސަލަ ހައްލުވުމުން ރަސްމީ ސްލިޕެއް ހަވާލުކުރެވޭނެ ކަމަށެވެ.
ރަސްމީ ސްލިޕް ހަވާލުކުރެވޭނީ "އޮފްލައިން ސްލިޕް" އެ ކޮމިޝަނާ ހަވާލުކުރުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އިއްޔެއިން ފެށިގެން ހުށަހެޅި ފޯމްތަކުގެ ތެރެއިން މިހާތަނަށް 20،000 އަށް ވުރެ ގިނަ ފޯމް ޕްރޮސެސް ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮމިޝަން ހިމެނޭ ސަރަހައްދަށް ބަޔަކު އެއްވެފައިތިބިއިރު، އެއްވެސް ހަމަނުޖެހުމެއް ނެތް. އަދި މިހާރު ދެބަސްވުމެއް ވެސް ނުހިނގާ. ފުލުހުން ވަނީ ރަޖިސްޓްރޭޝަން މައި އިދާރާ ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި.
އޮފްލައިންކޮށް ރެޖިސްޓްރޭޝަން ކުރިއަށް ގެންދަން އިލެކްޝަނުން ނިންމި ސަބަބު އެނގެންޖެހޭ. އޮފްލައިންކޮށް ހިދުމަތްދީގެން ރަޖިސްޓްރީ ކުރި ކަމުގެ ރަސްމީ ލިޔުން ބުދަ ދުވަހު ލިބޭނަމަ، ވޯޓް ލިސްޓް އެކުލަވާލައި އާންމު ކުރާއިރު އެއަށް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތެއް ނުލިބޭނެ
ރެޖިސްޓްރޭޝަން މައި އިދާރާ ތެރޭގައި ތިބި ޕީޕީއެމްގެ މަޖިލިސް މެންބަރުން ބުނަމުންދަނީ، ފޯމް ބަލައިގަންނަން ޖެހޭނީ އޮންލައިކޮށް ކަމަށާއި މީގެ ކުރިން ވެސް ފޯމް ބަލައިގެންފައިވަނީ އެގޮތަށް ކަމަށް. ރެޖިސްޓްރީ ކުރުމަށް މިވަގުތު އެތަނުގައި ގޮސް ތިބި މީހުންގެ ތެރެއިން ގިނައީ ޕީޕީއެމް މީހުން.
މެނުއަލްކޮށް ރެޖިސްޓްރޭޝަން ކުރިއަށް ގެންދާތީ ރެޖިސްޓްރޭޝަން އިދާރާގެ ތެރޭގައި ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެންބަރުންދަނީ ހަރަކާތްތެރިވަމުން. މިހާރު ވަނީ ރަޖިސްޓްރީ ކުރުން ހުއްޓިފައި.