13 Oct 2013, 14:59
އުމުރުން 16 އަހަރުގެ އަންހެން އަންހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފިއެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ގދ. ތިނަދޫން އިއްޔެ ހައްޔަރުކުރި އެ މީހާ ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރަނީ އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅާ އެކުގަ އެވެ.
ފުލުހުން ބުނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އުމުރުން 43 އަހަރުގެ އެމީހާ ހައްޔަރުކުރީ ގދ. ތިނަދޫން ކަމަށް ވެސް ބުންޏެވެ.
"އުމުރުން 43 އަހަރުގެ ފިރިހެނެއް އެއީ. އޭނާ ހައްޔަރު ކުރީ މިމަހުގެ 10 ވަނަ ދުވަހު ލިބުނު ރިޕޯޓަކާ ގުޅިގެން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
ޖިންސީ އެކި ގޯނާތައް ކުރުމާއި ރޭޕްކުރުން ފަދަ ކުށްތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 465 ޖިންސީ ކުށް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ