މިއަހަރުގެ ފިޠުރު އީދު (ކުޑަ އީދު) އެކޭ އެއްގޮތަށް އަޟްހާ އީދު (ބޮޑު އީދު) ނަމާދު ކުރުންވެސް ހަމަޖެހިފައިވަނީ ޓާފް ދަނޑުގައި ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި އެވެ.

މިއަހަރުގެ ބޮޑު އީދު ނަމާދާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޝެއިޚު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ 1423 ވަނަ އަހަރުގެ އަޟްހާ އީދު ނަމާދު ކުރުން ވެސް އޮތީ ކުރިއެކޭ އެއްގޮތަށް އެއް ޖަމާއަތަކަށް ކަމަށެވެ. އެގޮތުން ފިރިހެން ބޭފުޅުން ނަމާދު ކުރުމުގެ އިންތިޒާމް މާފަންނު ޓާފް ސަރަހައްދުގައި ހަމަޖެހިފައިވާ އިރު އަންހެން ބޭކަބަލުންގެ ނަމާދުގެ ކަންތައް އިންތިޒާމު ކުރެވިފައިވަނީ ދުވާ ސަރަހައްދުގައި ކަމަށެވެ.

އިސްލާމިކް މިނިސްޓަރީން ބުނީ މިއަހަރުގެ އަޟްހާ އީދު ނަމާދުގައި ގާތްގަނޑަކަށް 30،000 މީހުންގެ ޖާގަ އޮންނާނެ ކަމަށެވެ. އަދި ނަމާދުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސްކައުޓުންނާއި ކެޑޭޓުންނާއި އަދި ގާލްގައިޑުން ވެސް ހަރަކާތްތެރި ވަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.