1:05- 


ނ. ހޮޅުދޫގައި ޒުވާން ފިރިހެނަކު މިރޭ ދަންޖެހިގެން މަރުވެއްޖެ އެވެ.


މަރުގެ މި ހާދިސާ ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދިނެވެ.


ދަންޖެހިގެން މަރުވެފައި ވަނީ ނ. ވެލިދޫ ޒުވާނެއް ކަމަށްވާ ހާލިދު އަލީ އެވެ. ހާލިދު ދަން ޖެހިގެން މަރުވެފައި ވަނިކޮށް ފެނުނީ މިރޭ 11:30 އެހާކަންހާއިރު ހޮޅުދޫ އަތިރި މަތީގައި ހުރި ހަރުގެއެއްގެ ތެރޭ، ދަގަނޑެއްގައި ވާގަނޑެއް އައްސައިގެނެވެ.


ހާލިދު ހޮޅުދޫއަށް ގޮސްފައި ވަނީ މީގެ ދެ ތިން ދުވަސް ކުރިން ވެލިންދޫން ހޮޅުދޫއަށް ދަތުރުކުރި ފެރީއެއްގަ އެވެ.


ހޮޅުދޫ ކައުންސިލަރު އިޝްހާގު ރަޝީދު މިރޭ ވިދާޅުވީ ހާލިދު ދަންޖެހިފައި ހުއްޓާ ފެނުނީ މިރޭ އެ ސަރަހައްދުގައި އުޅުނު އެ ރަށު ބަޔަކަށް ކަމަށެވެ. މިހާރު އޭނާ އެ ރަށުގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ފުލުހުން، މަރުގެ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ހާލިދު ދަންޖެހިފައި ވަނީ ލޯބީގެ މައްސަލައެއްގަ އެވެ.