12 Oct 2013, 20:09
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޭނުންކުރުމަށް 2،42724 ވޯޓް ކަރުދާސް ޗާޕް ކުރުމަށް ބަޔަކާ ހާވާލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ވޯޓް ކަރުދާސް ޗާޕް ކުރަނީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އެއް ޕަސެންޓް އިތުރަށް ކަމަށެވެ.
"މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ޗާޕް ކުރަނީ 2،42724 ވޯޓް ކުރުދާސް ކޮޅު. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އެއް ޕަސެންޓް އިތުރަށް،" އާސިމް ވިދާޅުވި އެވެ.
އާސިމް ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ 2،42967 މީހުންނަށް ކަމަށެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި 2،39593 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނެވެ.