12 Oct 2013, 13:55
އީދު ބަންދުގައި ވެސް އިންޑިއާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ އިންޑިއާ ވިސާއާ ގުޅޭ ލިޔުންތަކުގައި ފޮރިން މިނިސްޓްރީގެ ތައްގަނޑު ޖެހޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އީދު ބަންދުގެ ހުރިހާ ދުވަސްތަކެއްގައި ވެސް ހެނދުނު 8:00 އިން 9:00 އަށް ވިސާއަށް ބޭނުންވާ ލިޔެކިޔުމުގައި ތައްގަނޑު ޖެހޭނެ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިންޑިއާއަށް އީދުވާ ދުވަހަކީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ބަންދު ދުވަހެއް ކަމުން، އެ ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ހެނދުނު 8:00 އިން 9:00 އަށް ވިސާގެ ލިޔެކިޔުންތަކުގައި ތައްގަނޑު ޖެހޭނެ ގޮތް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.