ސައުދީ ފަންޑުން ހަތަރު މިސްކިތެއް ހެދުމަށް ދިވެހި ދެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

އެ ފަންޑުގެ އެހީގައި ރ. އަނގޮޅިތީމް ގައި 4،770199ރ. އަށް 304 މީހުންގެ ޖާގަގައިގެ އަދި ރ. އިންނަމާދޫ 4،824361ރ. އަށް 304 މީހުންގެ ޖާގައިގެ މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ މަލާލާ ހައިރައިޒިން ކޮންސްޓުރަކްޝަން އާއެވެ. ނ. މާޅެންދޫގައި 5،070720ރ. އަށް 504 މީހުންގެ ޖާގައިގެ އަދި ނ.ޅޮހީ 4،024801ރ. އަށް 304 މީހުންގެ ޖާގައިގެ މިސްކިތް އެޅުމަށް ހަވާލުކޮށްފައި ވަނީ އަލިހަވާސާ ކޮންސްޓްރަކްޝަން އެން ކާޕެންޓްރީ އަށެވެ.

އިސްލާމިކް މިނިސްޓުރީގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ ސައުދީ ފަންޑުން އެޅުމަށް ނިންމާފައިވާ އެ ހަތަރު މިސްކިތުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށައިގަނެވޭނެ ކަމަށެވެ.

ހަތަރު މިސްކިތެއް ހެދުމަށް ބުރާސްފަތި ދުވަހު ހަވާލުކޮށްފައިވާއިރު ސައުދީ ފަންޑުން ޖުމްލަ ހަތް މިސްކިތެއް ހެދުމަށް ވަނީ ނިންމާފަ އެވެ.