11 Oct 2013, 22:39
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމަވައިފި އެވެ.
ގައުމީ އިއްތިހާދު ޕާޓީގެ އިސް އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވިގޮތުގައި ރައީސް ވަހީދު ނަން އަނބުރާ ގެންދެވީ މަސްލަހަތަށްޓަކަ އެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުން ބޭނުންފުޅުވާނަމަ ނަން އަނބުރާ ގެންދިޔުމުގެ ހައްގު އެބޭފުޅަކަށް ލިބިގެންވާކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ ވަނީ އަމުރެއް ނެރެފަ އެވެ.
އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރެއްވި ރައީސް ވަހީދަށް ލިބިވަޑައިގަތީ 10،750 ވޯޓެވެ.
ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލް ކުރުމުގެ ކުރިން ރައީސް ވަހީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ތާއީދު ކުރައްވާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށެވެ. ނަމަވެސް އިންތިޚާބު ބާތިލް ކުރި ފަހުން ތާއީދު ކުރައްވާނެ ވަކި ކެންޑިޑޭޓެއް ރައީސް ވަހީދު އިއުލާން ކުރައްވާފައެއް ނުވެއެވެ.