ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތަކާ މެދު ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ތަފާތުކުރުން ގެންގުޅޭ ކަމަށާއި ހުރިހާ ފަރާތްތަކާ މެދު ހަމަހަމަކޮށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން (އެޗްއާރުސީއެމް) އިލްތިމާސްކޮށްފި އެވެ.

އެޗްއާރުސީއެމް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނަކީ ދައުލަތުގެ މުއައްސަސާއަކަށް ވެފައި ސިޔާސީ ޕާޓީތަކުން ކުރާ ގާނޫނާއި ގަވައިދާ ހިލާފު ކަމަކާ ގުޅިގެން އެ ޕާޓީއަކަށް އިންޒާރުދީ ފިޔަވަޅު އަޅާއިރު "ޕާޓީތަކުގެ މެދުގައި ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލުން ފިޔަވަޅުއަޅަމުން ގެންދެވުމަށް" އިލްތިމާސް ކުރާ ކަމަށެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި އިލެކްޝަންސް ކޮމިޝަނުން ތަފާތު ކުރަނީ ކޮން ބަޔަކާ ކަމެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އާންމުކޮށް ސިޔާސީ ޕާޓީތަކުން ކުރާ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާ އިރު އެމްޑީޕީ އިން ކުރާ ކަންކަމުގައި ވަރަށް މަދު ފަހަރަކު ނޫނީ އެމްޑީޕީ އިން ކުރާ ކަމަކާ ދޭތެރޭ އިލެކްޝަންސް ކޮމިޝަނަކުން އެއްޗެއް ނުބެނެ އެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ އެ ޝަކުވާ ކުރަމުންނެވެ.