10 Oct 2013, 22:06
ލަގްޒަރީ އުފެއްދުންތައް ތައްޔާރުކުރާ ފްރާންސްގެ މަޝްހޫރު ކުންފުނި، ލުއިވިއުޓަން މޮއެޓް ހެނެސީ (އެލްވީއެމްއެޗް)ގެ ޝެވަލް ބްލޭންކް ރަންދެލި ރިސޯޓް އަންނަ މަހު 15ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިނގިރޭސިވިލާތުގެ ސްޓެންޑަޑް ނޫހުގައި ބުނެފައި ވަނީ ނ. އަތޮޅުގައި އޮންނަ ރަންދެލީގައި ހުޅުވާ ރިސޯޓަކީ އެލްވީއެމްއެޗް އިން ދުނިޔޭގައި ހުޅުވާ ދެވަނަ ރިސޯޓް ކަމަށެވެ.
މަޝްހޫރު ޑިޒައިނަރު ޖޭން މައިކަލް ގެތީ ޑިޒައިންކޮށްފައިވާ ރިސޯޓަކީ ވަރަށް ޕްރައިވެޓްކޮށް ޗުއްޓީ ހޭދަކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ ރިސޯޓެއް ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ލުއި ވިއުޓަންގެ ރިސޯޓްގައި ޕްރައިވެޓް އިންފިނިޓީ ޕޫލަކާ އެކު 46 ވިލާ ހިމެނެ އެވެ. އަދި އެ ރިސޯޓުން އިބޭރިއަން، ޖަޕަނީސް، ފްރެންޗް، ރަހަތައް ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން އެ ރިސޯޓްގެ ސްޕާ ހުންނަނީ ވަކި ހާއްސަ ރަށެއްގަ އެވެ.