10 Oct 2013, 18:24
މޯލްޑިވްސް ގްރީން ފަންޑް ކަމްޕެނީ ލިމިޓެޑްގެ ނަމުގައި، ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރު ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު އުފައްދަވައިފި އެވެ.
މިއީ ދިވެހިރާއްޖެ ތިމާވެށި ޙިމާޔަތް ކުރުމާއި ފެނާއި ނަރުދަމާއާއި އިޢާދަކުރަނިވި ހަކަތައާއި ކުނި މެނޭޖް ކުރުމުގެ ދާއިރާއިން އެކިއެކި މަޝްރޫޢުތައް ހިންގުމަށާއި މިދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިވެފައި ވާތީ މިކަންކަމަށް ބޭނުންވާ ފައިސާ ހޯދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެއްވުމަށާއި މިދާއިރާތަކަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީ އިތުރުކުރެއްވުމަށާއި މިކަންކަމަށް އެހީގެ ގޮތުގައި ލިބޭ ފައިސާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެވުމަކީ، ބޭނުންތެރި ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އުފެއްދެވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.