10 Oct 2013, 17:25
ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ކެންޑިޑެންސީ ގަބޫލުކޮށްފައިވާ ބޭފުޅުންނަށް އެ ފުރުސަތު ދިނުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވާލާ ކަމަށް ކޮމަންވެލްތުގެ ހާއްސަ މަންދޫބު ޑޮނަލްޑް މެކިނަން ގޮވާލައްވައިފި އެވެ.
މިއަދު މެކަނަން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ފަރާތުން މިމަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބަށް ވަމުންދާ ތައްޔާރީތައް ވަރަށް ރަނގަޅު ކަމަށެވެ. އަދި ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުން ރާއްޖޭގައި ބޭއްވި އިންތިހާބު ދިޔަ ގޮތް ބަލަމުން ދިޔަ ކަމަށާއި އިލެކްޝަންގެ ފަރާތުން އިންތިހާބު ދިޔަގޮތް ރަނގަޅު ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
"މި މަހު 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ ސުލްހަވެރި، ގަބޫލުކުރެވޭ އިންތިހާބަކަށް ހެދުމަށް ހުރިހާ ރައްޔިތުންނަށް އަޅުނގަޑު ހިތްވަރު ދެން،" މެކެނަންގެ އެބަޔާނުގައި ބުނެފައިވެ އެވެ.