28 Nov 2010, 11:35
ޔޫރަޕިއަން ކޮމިޝަންގެ ޑިރެކްޓާ ފޮ އޭޝިޔާ އެންޑް ސެންޓްރަލް އޭޝިޔާ ޑާކް މެގަންކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށްޓަކައި އެހީވުމަށް މި ފަންޑުގެ ދަށުން އެކުލަވާލެވިފައިވާ އެކިއެކި މަޝްރޫއުތައް ރާއްޖޭގައި ހިންގާނެ ގޮތްތަކާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ފޮރިން މިނިސްޓަރު ކަމަށް ރައީސް އައްޔަން ކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ހާއްސަ ގޮތެއްގައި ތަރައްޤީގެ މަސައްކަތްތަކުގައި ވީހާވެސް މަދުން ކާބަން ބޭނުންކުރާނެ ގޮތްތަކަށާއި މޫސުމަށް އަންނަ ބަދަލުތަކުން އަސަރު ނުކުރާ ނެފަދަ އިޤްތިސާދެއް އުފެއްދުން ފަދަ ކަން ކަމަށް ފައިސާ ހޯދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.