މަޖީދީމަގުގައި ހުންނަ ކްލިކް ކޮމްޕިއުޓާސްގެ ފިހާރަ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަޅާލައި ގިނަ އަދަދެއްގެ ސާމާނު ވަގަށްގެންދާ މީހާގެ ހަރަކާތްތައް ފެންނަ ވީޑިއޯއެއް އާއްމުކޮށްފި އެވެ.

ފިހާރަތެރޭގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުން ވައްކަންކުރާ މީހާ ފިހާރައިގެ ފުރާޅު ހަލާކުކޮށްލައިގެން ފިހާރަ އަށް ވަންނަނީ ފަތިހު 3:17ގައި އޮޅާފައި އޮތް ބެޑްޝީޓެއް ފާޑެއްގެ ވާގަގަނޑަކުންނެވެ. އަދި ވާގަނޑުން ފިހާރައިގެ އެތެރެއަށް ފޭބުމަށް ފަހު ވާގަނޑު ނެގުމަށް މައްޗަށް އިޝާރާތްކުރާ މަންޒަރު ފެނެ އެވެ.

މޫނު ނިވާކޮށްގެން ވައްކަން ކުރި އެ މީހާ ފިހާރަ ތެރެ އަށް ފޭބުމަށް ފަހު ގުދަށް އޮވެގެން ފިހާރައިގައި ބަހައްޓާފައި ހުރި ލެޕްޓޮޕްތައް ނަގަމުން ދާތަން ވެސް ފެނެ އެވެ.

އޭނާ ފިހާރައިގެ ޑިސްޕްލޭގައި ހުރި ބައެއް ލެޕްޓޮޕްތަކާއި ފޮށީގައި ހުރި ބައެއް ލެޕްޓޮޕްތަކާއި ފޮށިތަކުގައި ހުރި ބައެއް ލެޕްޓޮޕްތައް ނެގުމަށް ފަހު ދަބަސްތަކަކަށް އަޅަމުން ދެ އެވެ. އަދި ލެޕްޓޮޕްތަކެއް ނެގުމަށް ފަހު ވަގު މީހާ ބައުޖަހާފައި ފިހާރައިގެ ކައުންޓަރު ކައިރިއަށް ގޮސް ފިހާރައިގެ ފައިސާ ވަތްގަނޑު ހުޅުވުމަށް ފަހު ކައުންޓަރުގައި ހުރި ފައިސާތަކެއް ވަގަށް ނަގާތަން ފެނެ އެވެ. އަދި ކޮމްޕިއުޓަރު ކައިރީގައި ހުރި ސާމާނުތަކެއްގެ ނެގުމަށް ފަހު އޭގެތެރެއިން ވެސް ބައެއް ސާމާނު ނަގާތަން އެވީޑިއޯ އިން ފެނިގެން ދެ އެވެ.

ކްލިކް ކޮމްޕިއުޓާސްގެ ހަތަރު ކަނުން ނަގާފައިވާ 60 މިނެޓުގެ އެ ވީޑިއޯ އިން ވަގު މީހާ ކައުންޓަރު ކައިރިން އަނެއްކާ ވެސް ބައުޖަހާފައި ލެޕްޓޮޕްތަކާ ދިމާލަށް ދާތަން ފެނެ އެވެ. އެތަނަށް ދިއުމަށް ފަހު އަނެއްކާ ވެސް ލެޕްޓޮޕްތަކެއް ދަބަހަށް އެޅުމަށް ފަހު ފިހާރަގެ ބިއްލޫރި ގަނޑުކަރިގައި ހުރި ކަނބަޑު ހާވާތަން ފެނެ އެވެ.

ގާތްގަނޑަކަށް 27 މިނެޓު ވަންދެން ފިހާރައިގެ އެކި ހިސާބުން އެއްޗެހި ވަގަށް ނެގުމަށް ފަހު ސްކޫލު ހަތަރު ދަބަހުގެ އެއްޗެހި ވަގު މީހާ ފިހާރަ އަށް ފޭބި ވަލުގައި އައްސައި މައްޗައް ނެގުމަށް ފަހު ވައްކަން ކުރި މީހާ އެ ވާގަނޑުން މައްޗަށް އަރާތަން ފެނެ އެވެ. އެ ވީޑިއޯ އިން ދައްކާ ގޮތުން ވަގުން ފިހާރައިން ވައްކަން ކުރުމަށް ފަހު ފިލާފައި ވަނީ ފަތިހު 3:44 ގަ އެވެ.

ކްލިކް ކޮމްޕިއުޓާސް އިން ބުނީ ވަގަށް ގެންދިޔަ ތަކެތީގެ އަގު 250،000ރ. އަރާނެ ކަމަށާއި ފިހާރައިގެ ކައުންޓަރުގެ ޑްރޯވާ ތެރޭ އޮތް 1000ރ. ވެސް ވަގެންދިޔަ ކަމަށެވެ.

ލިޔުމާ ގުޅޭ ވީޑިއޯ

www.youtube.com/watch?v=sS900_E_4lA