އިސްލާމިކް ޝަރީއާއާ އެއްގޮތަށް އަދި 100 ޕަސެންޓް އިންޓަރެސްޓް ފްރީކޮށް އެލިއާ އިން އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރަން ފަށައިފި އެވެ.

މިއަދު ޓްރޭޑާޒް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި އިސްލާމީ ފައިނޭންސް އުސޫލާ އެއްގޮތަށް ސައިކަލް ކުއްޔަށް ދިނުމަށް ފަހު މިލްކް ކުރެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ ޕްރޮޑަކްޓް "އެލިޔާ އިޖާރާ މޮޑެލް"ތައާރަފްކޮށްދެއްވީ ހަބީބް ބޭންކްގެ ކަންޓްރީ މެނޭޖަރު ހަބީބް އަލީ އެވެ.

އެ މޮޑެލް ތައާރަފް ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އެލިޔާގެ ޝަރިއްޔާ ކޮމެޓީގެ ޗެއާ ޑރ. އައިޝަތު މުނީޒާ ވިދާޅުވީ އެ ޕްރޮޑަކްޓަކީ 100 ޕަސެންޓް އިސްލާމިކް ޝަރީއާ އާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށެވެ.

"މިއީ ހަމަ 100 ޕަސެންޓް ޝަރިއްޔާ އާ އެއްގޮތްވާ މޮޑެލްއެއް." ޑރ. މުނީޒާ ވިދާޅުވި އެވެ.

އެލިޔާ އިން ބުނީ ސައިކަލް ކުއްޔަ ދިނުމަށް ފަހު ކުއްޔަދިން މުއްދަތުގައި ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް އަމަލުކޮށް، ކުލީގެ އެއްބަސްވުން ނިމުމުން ސައިކަލްގެ މިލްކުވެރިކަން ހިބައެއްގެ ގޮތުގައި ކުއްޔަ ގެންދިޔަ ފަރާތަށް ބަދަލު ކޮށްދޭނެ ކަމަށެވެ.

އިސްލާމީ ފިގްހް އަދި އިސްލާމިކް ފައިނޭންސިންގެ ދާއިރާގެ ފަންނީ ތަޖްރިބާކާރުންނާ އެއްކޮށް އެކުލަވައިލެވިފައިވާ އެ ލިޔާގެ ޝަރީއާ ކޮމިޓީ އިން ހަމަޖައްސައިފާ ގޮތުން އެ ޕްރޮޑަކްޓްގެ ދަށުން ނަގާ ސައިކަލްގެ ކުލި ވަގުތަށް ނުދެއްކުނަސް ޖޫރިމަނާއެއް ނުކުރާނާނެ ކަމަށް އެލިއާ އިން ބުންޏެވެ. އަދި ދޫކުރާ ސައިކަލްތަކަށް ތަކާފުލްނެގުމާއި ރޯޑްވާދިނަސް އަދި އަހަރީ ފީ އެލިއާ އިން ދައްކައިދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.