އައްޑޫ ސިޓީގެ މަރަދޫގައި ހުރި ގުދަނެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ އެވެ.

ސައުތު ޕޮލިސް ޑިވިޝަންގެ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާނު ވިދާޅުވީ އެގުދަނުގައި ރޯވި އަލިފާން ފުލުހުންނާއި ސިފައިން އާއްމުން ގުޅިގެން ކުރި މަސައްކަތުން ނިއްވާލާފައިވާ ކަމަށެވެ. އަދި އެއީ އަލިފާނުގެ ހާދިސާއެއް ކަމަށް (މީހަކު ގަސްދުގައި ކުރިކަމެއް ނޫން) ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ހިންގާ އައްޑޫ ލައިވް ނޫހުން ބުނީ ރޯވެފައި ވަނީ މަރަދޫ މަރަދޫ ބޮޑު މަގުގެ، ވެންބޮޅަފިށި ބޯޅަ ދަނޑު ކައިރީގައި ހުންނަ އެފްއެމް ޓްރޭޑް ނަމަކަށް ކިޔާ ފިހާރައެއްގެ ގުދަނުގައި ކަމަށެވެ.

މިހާދިސާއި ގުޅުގެން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.